News

Happy National Day

National Day

ދުނިޔޭގެ ތިމާވެށީގެ ދުވަސް ، 5 ޖޫން 2014

ދުނިޔޭގެ ތިމާވެށީގެ ދުވަސް ، 5 ޖޫން 2014

2014 ވަނަ އަހަރު ގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހާ ލޮބުވެތި އަޙުންނާއި އުޙްތުންނަށް ގްރީން ފިއުޗަރ މޯލްޑިވްސްގެ ފަރާތުން ދުވަހުގެ ތަހްނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. ކޮންމެ އަހަރެއްގެ ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ ގޮތުގައި ، 5 ޖޫން،   އ.ދ ގެ ތިމާވެށީގެ ޕްރޮގްރާމް އިން ފާހަގަކުރާތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ.

މިގޮތުން މިއަހަރަކީ ފާހަގަކޮށްލެވޭ އަހަރެކެވެ. އެއީ އ.ދ ގެ ޖެނެރަލް އެސެމްބްލީން ނިންމާފައިވަނީ 2014 ވަނަ އަހަރަކީ ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ  އަހަރުގެ ގޮތުގައެވެ. މިގޮތަށް މިއަހަރު ފާހަގަކުރުމުގެ ބޭނުމަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތަކަށް ޙާއްސަކޮށް އެޤައުމުތަކުން ހިއްސާކުރާ ނާޒުކު ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން އެގައުމުތަކަށް ކުރިމަތިލަމުންދާ އަދި ކުރިމަތިވެދާނޭ ޙާލަތްތަކާއި މެދު އެހެން ގައުމުތަކުގެ ސަމާލުކަން ހޯދުމާއި ، މިގައުމުތަކަށް އެކިގޮތްގޮތުން އެހީތެރިވެދެވޭނޭ ގޮތްތަކެއް ހޯދުމެވެ.   ދުނިޔޭގެ ތަރައްޤިވަމުންދާ ޤައުމުތަކުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތައް ފާހަގަކޮށްލެވެނީ ، އެކި ގޮތްގޮތުން ޙާއްޞަ ސިފަތަކެއްލިބިފައިވާ ތަފާތު ޤައުމުތަކެއްގެ ގޮތުގައެވެ.

ކުދި ޖަޒީރާ ޤައުމުތަކަކީ 63 މިލިއަން މީހުން ނަށް ގިނަ ބަޔަކު ދިރިއުޅެމުންދާ ، އަގުބޮޑު މަންޒިލްތަކެކެވެ. އެޤައުމުތަކަށް  ޤުދުރަތީ ރީތިކަން ލިބިފައިވެއެވެ. ހަމައެހެންމެ އެޤައުމުތަކަކީ މުއްސަނދި ސަޤާފަތެއް ގެ ވެރި ބަޔެކެވެ. އެހެންކަމުން ކުދި ޖަޒީރާ ޤައުމުތައް ވަނީ މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައެވެ. ކުދި ޖަޒީރާ ޤައުމުތަކަކީ ، އެއްގަމާއި ކަނޑުގައި ޤުދުރަތީގޮތުން މުއްސަނދިކަންލިބިފައިވާ ޖުމްލަކޮށް ބިމުގެ ގޮތުން ކުޑަ ޤައުމުތަކެެކެވެ. އެއްގަމާއި ކަނޑުގައި ލައްވާފައިވާ  ދިރޭތަކޭތިގެ ނަސްލަށް ބަލާއިރުވެސް، ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ރީތި ޖަޒީރާ ޤައުމުތަކެކެވެ. މިފަދަ އަގުބޮޑު މުދާތަކެއް ގެ މުއްސަނދި މި ޖަޒީރާ ޤައުމުތަކަށް މިއަދުވަނީ  އެތައް ގިނަ ގުނަ ގޮންޖެހުމާއި ކުރިމަތިލާން ޖެހިފައެވެ. ކުދި ޖަޒީރާ ޤައުމުތަަކަށް ބަލާއިރު، ބައެއް ޤައުމުތަކަކީ އެހެން ޤައުމުތަކާއި ދުރުގައި އެކަހެރިކޮށް އޮންނަ ޤައުމުތަކަކަށްވުމުން ، ބަވަނަވަމުންދާ ދުނިޔޭގެ ބައެއް ޙިދްމަތްތައް ހޯދުމުގައިވެސް ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އިމްޕޯޓްކުރާ މުދަލުގެ އަގު ބޮޑުވުމުގެ އިތުރުން ބޭނުންކުރާ ހަކަތައިގެ އަގުބޮޑުވުމުގެ ސަބަބުން ވާދަވެރިކަމާއެކު ފަތުރުވެރިކަން ފަދަ ސިނާއަތްތައް ކުރިއެރުވުމުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއްހުރިކަން ފާހަގަކޮށްލެވެއެވެ. މޫސުމަށް އަންނަބަދަލާއި ގުޅިގެން ތޫފާނާއި އެހެނިހެންވެސް ކާރިސާތަކާއި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ތަފާތު ގިނަ ކަންތައްތައް ގިނަ ޤައުމުތަކުންވަނީ ތަޙައްމަލް ކުރަންޖެހިފައެވެ.

މޫސުުމަށް އަންނަބަދަލުތަކަށް އަސަރުކުރާ ފަދަ ޙަރަކާތްތައް ހިންގުމުގައި ކުދި ޖަޒީރާ ޤައުމުތައް ހިއްސާކުރާ މިންވަރު ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން މަދުކަމުގައި ފާހަގަކުރެވެއެވެ. ދުނިޔޭގައި ތިމޭވެށްޓަށް ވިހަ ގޭސް ދޫކުރުމުގެ މުޅި ޖުމްލައަށް ބަލާއިރު، ކުދި ޖަޒީރާ ޤައުމުތަކުން ދޫކުރާ ގްރީން ހައުސް ގޭހުގެ އިން ސައްތަ 1 އަކަށްވުރެވެސް މަދެވެ. އެހެންނަމަވެސް މިކަމުގައި ވަކާލާތުކުރުމުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަނީ ކުދި ޖަޒީރާ ޤައުމުތަކެވެ. އަދި މިގޮތުން ބައިނަލްއަޤްވާމީ މަސްރަޙްގައި މޫސުމަށް އަންނަބަދަލުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރާގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި މަޝްވަރާތަކުގައި އެންމެ ބޮޑަށް ބައިވެރިވަނީވެސް ކުދި ޖަޒީރާގައުމުތަކެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލާއިގުޅޭ 2015 ވަނަ އަހަރު އެއްބަސްވުމަށް ޤާނޫނީގޮތުން ވެވޭ ބޮޑު އެއްބަސްވުުމަށް މަސައްކަތްކުރުމުގައިވެސް ކުދި ޖަޒީރާތަކުގެ ދައުރު ވަރަށް މުޙިއްމެވެ. ކުދި ޖަޒީރާ ބައެއް ޤައުމުތައް ޙަރަކާތްތެރިވަނީ ގުދުރަތީ ކާރިސާތަކުން ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނޭ ފިޔަވަޅުތކާއިގުޅޭގޮތުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއްކުރަމުންނެވެ.  މޫސޫމަށް އަންނަ ބަދަލުތައް ނިއުޓްރަލް ކުރުމަށްޓަކައި ތިމާވެށްޓަށް ނޭދެވޭ އަސަރު ފޯރާކަންތައްތަކުން އެއްކިބާވުމަށް ބާރުއެޅިދާނޭ މަގުތައް ފަހިކުރުމާ އިއާދަކުރަނިވަ ހަކަތަ ބޭނުންކުރުމަށްވެސް ބައެއް ކުދި ޖަޒީރާ ޤައުމުތަކުންވެސް މަސައްކަތްކުރެއެވެ. ކުދި ޖަޒީރާ ޤައުމުތައް ޤަބޫލުކުރަނީ އަޅުގަނޑުމެން މިދިރިއުޅޭ ދުނިޔޭގައި ދެމެހެއްޓިނިވިގޮތަކަށް ފިޔަވަޅުތައް އެޅުމަށެވެ. މިދެންނެވި ބޮޑު ބޭނުމަށް ބަލާއިރު، މިކަމުގައި، ހުރިހާ ޤައުމެއްގެ  މުޖްތަމަޢުތަކުގެ ފުރިހަމަ ބައިވެރިވުން ބޭނުންވާނެއެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހުވެސް، އެތައް މިލިޔަން ބަޔަކު ސާފުކުރުމުގެ ޙަރަކާތްތަކުން ފެށިގެން ގޮސް،  ގަސް އިންދުމުގެ ޙަރަކާތައްވެސް ކުރިއަށް ގެންދާނެއެވެ. މިއަހަރު އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންވީ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުން މޫސުމަށް އަންނަ ބަދަލުތަކުން އެޤައުމުތަކުގެ ވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަމުންގެންދާ  އެއްމީދުތައް ޙާޞިލްކުރުމަށް އިތުރު މަސައްކަތްތަކެއްކުރުމަށެވެ. މިޤައުމުުތައް އާރާސްތުކޮށް އިތުރަށް ވަރުގަދަ ކޮށް ދެމެހެއްޓެނިވި ކުރިމަގަކަށް ގަދަ އަޅާ މަސައްކަތްކުރުމަށެވެ. ” ކަނޑުގެ ލޮނުގަނޑެއް އުފުލުމެއްނޫނެވެ.  އަޑުއުފުލާށެވެ.” މިއީ މިއަހަރުގެ ދުނިޔޭގެ ތިމާވެށިގެ ޝިޢާރެވެ.  ދުނިޔެއަކީ އެންމެން ޙިއްސާކުރާ ޖަޒީރާއެކެވެ. ދުނިޔެ ހިމާޔަތްކުރުމަށް އެންމެ އެކީގައި ގުޅިގެން މަސައްކަތްކުރާށެވެ.

އަޅުގަނޑުމެން ގެ ދުޢާ އަކީ މާތް ﷲ ގެ ރަޙްމަތްފުޅުން މި ނާޒުކުރ ދިވެހިރާއްޖެއަށް  މޫސުމީ ބަދަލުތަކުން ލިބޭ އެންމެހާ  ގެއްލުންތަކުންނާ އެންމެހާ ޤުދްރަތީ ކާރިސާތަކުން ސަލާމަތްކުރެއްވުމެވެ. ދިވެހިރާއްޖެއަށް ފެހި އަދި ފަހި ކުރިމަގެއް މިންވަރުކުރެއްވުމެވެ.

                                                                އާދަމް މަނިކު

                                                        ގްރީން ފިއުޗަރ މޯލްޑިވްސް ގެ ރައީސް

.

Welcome the Exco of GFM

Our President

President of GFM addressing in the inauguration of Executive Committee

In December 26th, Members of Green Future Maldives and the Founders gathered in Faculty of Management and Computing, to held the inauguration of the Executive Committee of Green Future Maldives.

Executive Committee

President – Adam Manik

Vice-president – Mohamed Amir

Treasurer – Hussain Abdullah

Executive Secretary – Adam Muiz

Deputy Executive Secretary – Leela Waheed

6 General Members

– Musliha Ahmed

– Ibahim Shabau

– Faruhana Abdullah

– Abdulla Ariz

– Mohamed Thaufeeq

– Mohamed Hisham Ahmed

Congratulation to all the members elected to the posts of GFM